ސްކޭމްތަކުގައި މިދިޔަ މަހު އެއް މިލިއަން ރުފިޔާ ގެއްލުނު، ފައިސާ މާރުކުރުމުގެ ނަމުގައި 31 ސްކޭމެއް

ސަން

10 ޖެނުއަރީ 2026 | ހޮނިހިރު | 3:58

މިދިޔަ މަހު ސްކޭމްތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް، އެފަދަ މައްސަލަތައް ބަލާ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުން ދައްކައިފިއެވެ.

އެންޓި ސްކޭމް ސެންޓަރުން ނެރުނު ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ މަހު 179 މައްސަލައެއް ހުށަހަޅައިފައިވާއިރު، އެ މައްސަލަތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލިފައިވެއެވެ. އޭގެ ތެރެއިން 89 މައްސަލައެއްގައި ފައިސާ އެއްކޮށް އަނބުރާ ހޯދައިފައިވާއިރު، 45 މައްސަލައެއްގައި ފައިސާގެ ތެރެއިން ބައެއް ހޯދައިފައިވާ ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ.

ފުލުހުން ވަނީ، އެހެން މަސްތަކުގައި ހުށަހަޅައިފައިވާ މައްސަލަތަކުގައި ގެއްލުނު ފައިސާ ހިމެނޭ ގޮތަށް، މިދިޔަ މަހު 4.6 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށް ބުނެފައެވެ.

މައުޟޫޢުތަށް