ފެނަކަ ސައީދުގެ އިސްތިއުނާފު، ހައިކޯޓުން ބަލައިގެންފި

ސަން

10 ޖެނުއަރީ 2026 | ހޮނިހިރު | 7:03

ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ކުރިން ހުންނެވި މަރްޔަމް ދީނާ ޞާލިޙުގެ މައްސަލަ އަދިވެސް ނުނިމި އޮއްވައި، ހަމަ އެ މައްސަލައިގައި ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު (ފެނަކަ ސައީދު)ގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، އޭނާ ހަތަރު އަހަރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ހައިކޯޓަށް ބަލައިގެންފިއެވެ.

ފެނަކަ ސައީދު ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ ސެޕްޓެންބަރު މަހު ފަހުކޮޅެވެ. ސައީދުގެ މައްޗަށް ހުކުމްކުރި ނަމަވެސް ދީނާގެ މައްސަލަ އޮތީ މަޑު ޖެހިފައެވެ. ހުކުމާ ހަމައަށް މިއީ އެކުއެކީގައި ކުރިއަށް ދިޔަ ދެ މައްސަލައެވެ. އެކަމަކު، މަޑު ޖެހުނު ގޮތަށް އެ މައްސަލަ މާ ބޮޑަކަށް ކުރިއަކަށް ނުދެއެވެ.

ސައީދުގެ ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓަށް މިހާރުވަނީ އެ މައްސަލަ ބަލައިގެންފައެވެ.

މައުޟޫޢުތަށް