މާދަމާއިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ދުންފުހުގެ އަސަރު ކުޑަވާނެ: މެޓް

ސަން

10 ޖެނުއަރީ 2026 | ހޮނިހިރު | 9:03

މާދަމާ މެންދުރުފަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ދުންފުހުގެ އަސަރު ރަނގަޅުވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ލަފާކޮށްފިއެވެ.

މެޓުން 'ސަން'އަށް މިއަދު ބުނީ، އިރުވައި މޫސުމުގެ ދުވަސްވަރު ދުންފުހުގެ، ނުވަތަ ހޭޒްގެ އަސަރު މުޅިން ނުފިލާނެ ކަމަށެވެ.

"ކުރިއަށް ބަލާއިރު ފޯކާސްޓް ދައްކާ ގޮތުން [ދުންފުހުގެ އަސަރު] އެއްކޮށް ރަނގަޅުނުވާނެ އިރުވައި މޫސުން ތެރެ ވީމަ. ދުންފުހުގެ އަސަރު އެއްކޮށް ނުދާނެ. އެކަމަކު އާދީއްތަ ދުވަހުގެ މެންދުރުފަހުން ފެށިގެން ތަންކޮޅެއް ރަނގަޅު ވާނެ. އަދި ބުދަ ދުވަހާ ހަމައަށްވެސް ދައްކަނީ ތަންކޮޅެއް ރަނގަޅު ކަމަށް،" އޮފިޝަލް ވިދާޅުވިއެވެ.

މައުޟޫޢުތަށް