ކުދި ވިޔަފާރިތަކުގެ ކަންބޮޑުވުން ހިއްސާކުރަން ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަނީ
ސަން
10 ޖެނުއަރީ 2026 | ހޮނިހިރު | 11:08
ކުދި ވިޔަފާރިތަކުގެ ކަންބޮޑުވުންތައް އަޑުއެހުމަށް ސިލްސިލާ ޑައިލޮގް ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔުން މުހިންމު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އޮތެންޓިކް މޯލްޑިވްސްގެ ހަވަނަ އަހަރީ ހަފްލާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ވިޔަފާރިތަކަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރެވޭނީ، ސީދާ ވިޔަފާރިވެރިންނާ ވާހަކަ ދެކެވި، ކުރިމަތިވާ މައްސަލަތައް ދެނެގަނެވިގެން ކަމަށެވެ. އަދި އެކަން ކުރެވޭނީ ގަވައިދުން ވިޔަފާރިވެރިންނާ ބައްދަލުވެ، ޚިޔާލު ހޯދައިގެން ކަމަށް ސައީދު ވިދާޅުވިއެވެ.
އެހެންކަމުން ކުދި ވިޔަފާރިތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވާނެކަން ސައީދު އިއުލާނުކުރެއްވިއެވެ.