ކެންޑިޑޭޓުންނާއި އާންމުންގެ ހައްގުތައް ހިމާޔަތްކުރެވޭނީ އިންތިޚާބުގެ މައުލޫމާތު ރަނގަޅަށް ފޯރުކޮށްދީގެން: ޞަލާޙް
ސަން
10 ޖެނުއަރީ 2026 | ހޮނިހިރު | 11:23
އަންނަ އޭޕްރިލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ މައުލޫމާތުތައް ރަނގަޅަށް ފޯރުކޮށްދެވިއްޖެނަމަ، އާންމުންނާއި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހައްގުތަކަށް އަރައިނުގަނެ، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް މަސައްކަތްކުރެވޭނެ ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ރޭ ވިދާޅުވެއްޖެއެވެ.
ޞަލާޙް ރޭ މިހެން ވިދާޅުވީ، އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ތަމްރީނުދޭ 95 ޓްރެއިނަރުންނަށް ހިންގި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވަނީ، ރައްޔިތުންނަށް އިންތިޚާބާ ބެހޭ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އޮފިޝަލުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.