ރާއްޖޭގައި ޑުރަގު ބޭނުންކުރާ ދިހަ ހާހަށްވުރެ ގިނަ މީހުން އެބަތިބި
ސަން
11 ޖެނުއަރީ 2026 | އާދިއްތަ | 12:20
ބައި މިލިއަނެއްހާ އާބާދީއެއް އޮންނަ ރާއްޖޭގައި ދިހަ ހާހަށް ވުރެ ގިނަ މީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި މީހުންނަށް ފަރުވާދޭ, ނޭޝަނަލް ޑުރަގު އޭޖެންސީ (އެންޑީއޭ)އިން ރޭ ބުނެފިއެވެ.
ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އެ އިދާރާގެ ޗެއާޕާސަން އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޞިއްދީޤް ވިދާޅުވީ، ބައި މިލިއަނެއްހާ މީހުން ދިރިއުޅޭ ރާއްޖޭގައި ދިހަ ހާހަށްވުރެ ގިނަ މީހުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކަމަށް، ތަފާސްހިސާބުތަކުން ދައްކާ ކަމަށާއި، ނިސްބަތުން އެއީ ބޮޑު އަދަދެއް ކަމަށެވެ.
"އެހެންވީމާ އެއީ ހަގީގަތުގަ ނިސްބަތުން ބަލާ ކަމުގައިވާ ނަމަ، ދިހަ ވަރަކަށް ހާސް މީހުންނަކީ ވަރަށް ބޮޑު އަދަދެއް ދިވެހިރާއްޖޭގަ 450،000 މީހުން އުޅޭއިރުގަ،" ޞިއްދީޤު ވިދާޅުވިއެވެ.