ބީއެމްއެލްއިން 100،000 ރުފިޔާ ދޭ ޕްރޮމޯޝަނެއް ފަށައިފި
ސަން
11 ޖެނުއަރީ 2026 | އާދިއްތަ | 2:44
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ރޯދަ މަހާ ދިމާކޮށް, އިނާމަކަށް 100,000 ރުފިޔާ ދޭ ޚާއްސަ ޕްރޮމޯޝަން، "ރަން ފުރުސަތު 2026" ފަށައިފިއެވެ.
ބޭންކުން މައުލޫމާތު ދިން ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އިއްޔެއިން ފެށިގެން 16 މާޗުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން އެ މުއްދަތުގައި ވިޔަފާރި ކޮށްގެން ކޮންމެ ހަފުތާއަކު އިނާމު ހޯދުމުގެ ފުރުސަތު އަދި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ. އެގޮތުން މި ޕްރޮމޯޝަނުގައި ބައިވެރި ކުރާނީ ބީއެމްއެލް ކާޑު މެޝިން، ސްޓެޓިކް ކިއުއާރް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތައް އެކަނި ކަމަށް ބޭންކުން ބުންޏެވެ.