މިފްކޯއިން ވަކިކުރި ޝަމާހު ސްޓެލްކޯ އެމްޑީގެ މަގާމުން ވެސް ވަކިކޮށްފި

ސަން

11 ޖެނުއަރީ 2026 | އާދިއްތަ | 3:01

ސަރުކާރުގެ މަސްކުންފުނި މިފްކޯގެ ސީއީއޯކަމަށް މި ސަރުކާރުގައި ފުރަތަމަ އައްޔަންކުރުމަށްފަހު ވަކިކުރި އަހްމަދު ޝަމާހު، ފަހުން އައްޔަންކުރި ކަރަންޓު ކުންފުނި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވެސް މިއަދު ވަކިކޮށްފިއެވެ.

ޝަމާހު މަގާމަށް އައްޔަންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ، ޝަމާހު ވަކިކުރީ މިއަދުން ފެށިގެން ކަމަށެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަނުކުރެއެވެ.

މައުޟޫޢުތަށް