ސީ ޓު އެއާ ކާގޯ ޚިދުމަތުން 329 ޓަނުގެ މުދާ އެކްސްޕޯޓުކޮށްފި
ސަން
11 ޖެނުއަރީ 2026 | އާދިއްތަ | 7:34
މިދިޔަ ޑިސެމްބަރު މަހު، ސީ ޓު އެއާ ކާގޯ ޚިދުމަތް މެދުވެރިކޮށް، 329 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްޕީއެލްއިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ މަހު 329 ޓަނުގެ މުދާ ފޮނުވާފައި ވަނީ 20 ގައުމަކަށެވެ. އަދި މި މުދާ އެކްސްޕޯޓުކޮށްފައި ވަނީ 10 އެއާލައިން މެދުވެރިކޮށެވެ.
ސީ ޓު އެއާ ކާގޯ ޚިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު އަވަހަށް ވައިގެ މަގުން ބޭނުންވާ މަންޒިލަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން 2024 ވަނަ އަހަރު ފެށި ޚިދުމަތެކެވެ.