އައްޑުއަށް ވަޑައިގެން ރައީސް "ކުޅުއްވީ ޑްރާމާ" ކަމަށް ވިދާޅުވުމުން އިހުސާންގެ ނުރުހުން: މަޝްރޫއުތައް ނިންމަން މޭޔަރެއް ނޫޅޭ!
ސަން
11 ޖެނުއަރީ 2026 | އާދިއްތަ | 9:38
އައްޑުއަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު "ކުޅުއްވީ ޑްރާމާ" ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވުމުން ހޯމް މިނިސްޓަރު އަލީ އިހުސާން ނުރުހުން ފާޅުކުރައްވައިފިއެވެ.
އައްޑޫ ސިޓީ ފޭދޫ މަގުއްދޫ ދާއިރާގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން، މިދިޔަ ދެ އަހަރު އައްޑޫ ސިޓީ ކައުންސިލުން ސަރުކާރަށް ކުރީ އުނދަގޫ ކަމަށް އިހުސާން ވިދާޅުވި ކަމަށް ބުނެ ނޫހަކުން ރިޕޯޓުކުރި ޚަބަރެއް ސޯޝަލް މީޑިއާގައި ޝެއާކުރައްވައި ނިޒާރު ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.
އެގޮތުން މިދިޔަ ނޮޮވެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ވަޑައިގެން، އެމަނިކުފާނުގެ ސަރުކާރުގެ އިސްބޭފުޅުންނާއި ޚުދު އޭނާގެ ވެސް ހާޒިރުގައި 14 ތަނެއްގެ ބިންގާ އަޅައި "ޑްރާމާ ކުޅުއްވީ" ކައުންސިލުން ބިން ނުލިބިތޯ ސުވާލު އުފައްދަވައިފައެވެ.