ވީއައިއޭ އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުން ކުރަން ފަށައިފި
ސަން
11 ޖެނުއަރީ 2026 | އާދިއްތަ | 9:57
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ މިއަދު ބޭނުންކުރަން ފަށައިފިއެވެ.
އެ ސަރަހައްދު ބޭނުން ކުރަން ފެށިކަން ހާމަކޮށް، އެމްއޭސީއެލްއިން ބުނީ، އެއީ، ޖާގަ ތަނަވަސް ހިތްފަސޭހަ ކަމާއެކު ފަސިންޖަރުންނަށް ބޭނުންކުރެވޭނެ ތަނަކަށް ވާނެ ކަމަށެވެ. އެގޮތުން، އެ ސަރަހައްދު ހުންނާނީ، އޭސީކޮށް، ހަމަޖެހިގެން ފަސިންޖަރުންނަށް ތިބެވޭ ގޮތަށް ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.
އާ ޓާމިނަލްގައި ސީޕްލޭން ކައުންޓަރުތައް ހުޅުވީ، އެރައިވަލް ގޭޓާ ޖެހިގެން އޮތް ހިސާބުގައެވެ.