ހާލު ދެރަވެ، އެޑްމިޓްކުރި އުމްރާވެރިޔާ މޯލްޑިވިއަނުން މާލެ ގެނެސްފި

ސަން

12 ޖެނުއަރީ 2026 | ހޯމަ | 9:30

ހާލު ދެރަވުމުގެ ސަބަބުން، އުމްރާއަށް ދިޔަ މީހުންގެ ތެރެއިން އެނދުމަތިކުރި އުމްރާވެރިޔާ މޯލްޑިވިއަންގެ ފުލައިޓެއްގައި މާލެ ގެނެސް، ފަރުވާދޭން ފަށައިިފިއެވެ.

އެ މީހާ މާލެ ގެނައީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި މިދިޔަ ހޮނިހިރު ދުވަހެވެ.

'ސަން'އިން ސުވާލުކުރުމުން މޯލްޑިވިއަނުން ބުނީ، އެ ބަލިމީހާ މާލެ ގެނައީ މިދިޔަ ހޮނިހިރު ދުވަހުގެ ފްލައިޓުން ކަމަށާއި އެ މީހާގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށްޓަކައި މާލޭން ޑޮކްޓަރަކާއި ނަރުހެއް ވެސް އެ ފްލައިޓުގައި ފޮނުވި ކަމަށެވެ.

މައުޟޫޢުތަށް