އިއްޔެ ވަކިކުރި ޝަމާހުގެ މައްސަލައެއް އޭސީސީއަށް
ސަން
12 ޖެނުއަރީ 2026 | ހޯމަ | 11:49
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން އިއްޔެ ވަކިކުރި އަހުމަދު ޝަމާހުގެ މައްސަލައެއް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައި އެބައޮތް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.
މި ސަރުކާރުގައި ފުރަތަމަ މިފްކޯ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވުމަށް ފަހު މަގާމުން ވަކިކުރި ޝަމާހު, އިއްޔެ ސްޓެލްކޯގެ އެމްޑީކަމުން ވަކިކުރެއްވީ އޭނާ އެ މަގާމަށް އައްޔަން ކުރެއްވިތާ ފަސް މަސް ވެސް ނުވަނީސް ކުއްލި ގޮތަކަށެވެ.
ޝަމާހުގެ މައްސަލައެއް ތަހުގީގު ކުރަމުންދޭތޯ އޭސީސީގައި "ސަން"އިން މިއަދު ސުވާލުކުރުމުން އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ, ސްޓެލްކޯގެ ކުރީގެ އެމްޑީއެއްގެ މައްޗަށް ތުހުމަތުވާގޮތަށް މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.