ކެރީގެ އަސަރު ކުރި ނަމަވެސް މޫސުން ރަނގަޅުވާނެ، ވައި އަންނަނީ ސާފުވަމުން: މެޓް

ސަން

12 ޖެނުއަރީ 2026 | ހޯމަ | 12:06

މި ހަފުތާގައި އެކި ސަރަހައްދުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް، އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ލަފާކޮށްފިއެވެ.

މެޓުން މިއަދު 'ސަން'އަށް ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި، އާންމުގޮތެއްގައި މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްރަށަށް މޫސުން ރަނގަޅުވާނެ ކަމަށެވެ.

އެއާއެކު، އިރު އުތުރާއި އިރުން މެދުރާއްޖެތެރެއާއި އުތުރަށް ގަޑިއަކު ހަތް މޭލާއި ސަތާރަ މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އަދި ދެކުނަށް ގަޑިއަކު ފަސް މޭލާއި ފަނަރަ މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށާއި އެކަމަކު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މައުޟޫޢުތަށް