ލަންކާ ހައި ކޮމިޝަނަރުގެ 'ޑިޕްލޮމެސީ'އާ ބީރައްޓެހި އަމަލުތަކަށް މިނިސްޓްރީގެ ބަހެއް ނެތް!

ސަން

12 ޖެނުއަރީ 2026 | ހޯމަ | 12:40

މީގެ ކުރިން ދިވެހި އެއްވެސް ސަފީރަކު ކަންކުރައްވާފައިނުވާ ފަދަ 'ޑިޕްލޮމެސީ'އާ ބީރައްޓެހި މޭރުމަކުން ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ހައިކޮމިޝަނަރު މަސްއޫދު އިމާދު އަމަލުކުރެއްވުމާ ގުޅިގެން ފޮރިން މިނިސްޓްރީން އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހަދައިފިއެވެ.

ދިގު މުއްދަތަކަށް ލަންކާއަށްދާ ދިވެހީންނަށް ވިސާ ލިބުން ދަތިބެ، ހައި ކޮމިޝަނަރު ވަނީ އެ ގައުމުގެ މީޑިއާއަކަށް އިންޓަވިއުއެއް ދެއްވާފައެވެ. އެ އިންޓަވިއުގައި އޭނާ ވަނީ 'ދޮންމަންމަ'އަކު ކަންކުރާ މޭރުމުން ދިވެހީންނާ މެދު ކަން ކުރަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި، 'ދޮން މީހުންނާ'އި ދިވެހީންނާ ތަފާތުކުރާ ކަމަށް ވިދާޅުވެ، އޭނާ ވަނީ ވަރަށް ބޮޑަށް ނުރުހުން އަމާޒުކުރައްވާފައެވެ.

ލަންކާގެ އިމިގްރޭޝަންސް އޮފިސަރުން ކޮރަޕްޝަން ހިންގާކަމުގެ ތުހުމަތު ވެސް އޭނާ އަމާޒުކުރައްވާފައިވެއެވެ.

މައުޟޫޢުތަށް