ޝަމާޙް ވަކިކުރުން: ސްޓެލްކޯގެ ކޮރަޕްޝަނާއި ލީކުވި އޯޑިއޯގެ ކަންކަން ސާފުކޮށްދޭން ގޮވާލައިފި

ސަން

12 ޖެނުއަރީ 2026 | ހޯމަ | 2:36

ސަރުކާރުގެ މައި ކަރަންޓު ކުންފުނި ސްޓެލްކޯއަށް މި ސަރުކާރުން އައްޔަންކުރި ދެވަނަ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަމާޙް ރަޝީދު ވަކިކުރި މައްސަލައިގައި، އެ ކުންފުނީގެ ތެރޭ ހިންގި ކޮރަޕްޝަނާއި، ޝަމާޙް ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯގެ މައްސަަލައިގައި ސަރުކާރުން ރައްޔިތުންނަށް ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް، އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ގޮވާލައްވައިފިއެވެ.

މި ސަރުކާރުގެ ކުރީކޮޅު ސަރުކާރު މަސް ކުންފުނި މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަމަށް ޝަމާޙް އައްޔަންކުރިތާ ހަ މަސް ދުވަހުގެ ތެރޭ ދެ ފަހަރަށް ސަސްޕެންޑުކުރުމަށް ފަހު، މެއި 21، 2024ގައި އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ. ދެން އޭނާއަށް ދިނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމެވެ. އޭގެ ފަހުން މިދިޔަ ސެޕްޓެންބަރު މަހު މިފްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އޭނާ އައްޔަންކުރީއެވެ. އެ މަގާމުން އޭނާ ވަކިކުރީ އިއްޔެއެވެ.

://./216553

މައުޟޫޢުތަށް