ނަޝީދުގެ ވާހަކަތަކާ ގުޅިގެން އީރާނުގެ ސުވާލެއް: "ތި ހުންނެވީ ކޮން ފަޅިއެއްގައި؟"

ސަން

12 ޖެނުއަރީ 2026 | ހޯމަ | 4:17

އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން އީރާނުގެ ރައްޔިތުންނާއެކު ބައިނަލްއަގުވާމީ މުޖުތަމައުއިން ސާބިތުވެ ތިބެންޖެހޭކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން، އެ ހަމަނުޖެހުންތަަކަކީ އިސްރާއިލުން އަޑީގައި ތިބެ ކުރަމުން އަންނަ ކަމެއް ކަމަށް ބުނެ، ނަޝީދަށް އެ ގައުމުން ސުވާލެއް ކުރިމަތިކުރުވައިފިއެވެ.

އީރާނުގައި މިހާރު ހިނގަމުން އަންނަ މުޒާހަރާތަކަކީ އިގުތީޞާދީ ގޮތުން އެ ގައުމު މިހާރު އޮތް ދަށް ހާލަތުގެ ސަބަބުން ކުރިއަށްދާ ހަމަނުޖެހުންތަކެކެވެ. ނަމަވެސް، މި މުޒާހަރާތަކުގެ ފަހަތުގައިވާ ކަމަށް އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީއާއި ރައީސް މަހްމޫދު ޕެޒެޝްކިއާންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ތުހުމަތުކުރަނީ އެމެެރިކާއާއި އިޒްރާއިލެވެ. މިއީ 2023ވަނަ އަހަރަށް ފަހު އެ ގައުމުގައި ހިނގާ އެންމެ ބޮޑު މުޒާހަރަތަކެވެ.

އިއްޔެ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އީރާނުގެ ރައްޔިތުން މިހާރު މަގުތައްމައްޗަށް ނުކުމެ އިހުތިޖާޖުކުރަމުން އަންނަނީ އަބުރުވެރިކަން ހޯދުމަށާއި، ބޮޑުވަމުން އަންނަ ދިރިއުޅުމުގެ އަގުތަކާއި ދެކޮޅަށާއި، އެތައް ޒަމާނެއްވަންދެން އެ ރައްޔިތުންގެ ހައްގުތައް އޮބަހައްޓައިފައި އޮތް އޮތުމާ ދެކޮޅަށް ކަމަށް ވިދާޅުވެފައެވެ.

މައުޟޫޢުތަށް