ހުއްދަ ނުނަގާ ޕީއެންސީ އޮފީސް އިމާރާތްކުރުމުން ކުރި ޖޫރިމަނާ ދައްކައި، އާ ކުރެހުން ހުށަހަޅައިފި

ސަން

12 ޖެނުއަރީ 2026 | ހޯމަ | 7:39

ހުއްދަ ނުނަގާ، ޕީއެންސީ އޮފީސް އިމާރާތްކުރި މައްސަލައިގައި ޖޫރިމަނާ ފައިސާ ދައްކާފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ހ. ވެޔޮވިލާގޭގައި ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ވަނީ އާ އޮފީސް އިމާރާތެއް ހަދާފައެވެ. ފަސް ފަންގިފިލައަށް ހެދި، އެ އިމާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވި ފަހުން، މޭޔަރު ވިދާޅުވީ، އޮފީސް އިމާރާތްކުރީ ހުއްދަތައް ނުނަގާ ކަމަށެވެ.

އެހެންވެ، ނިމުނު ޑިސެމްބަރު 25ގައި، އެ ގޭގެ ވެރިފަރާތް ވަނީ، 128،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މައުޟޫޢުތަށް