ދިރާސީ އަހަރު ފެށުމުގެ ކުރިން ސުކޫލުތަކަށް ފޮތްތައް ފޮނުވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވައިފި

ސަން

12 ޖެނުއަރީ 2026 | ހޯމަ | 9:34

އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން ސުކޫލުތަކަށް ފޮތްތައް ފޮނުވާ ނިމޭނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދެއްވައިފިއެވެ.

ސުކޫލުތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފެށީ، މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅެވެ. އެ ރަށްތަކަށް ފޮތްތައް ފޮނުވަނީ، ސުކޫލުތަކަށް ދަރިވަރުން ވައްދާ އަދަދަށް ބަލައިގެނެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝަފީއު ވިދާޅުވީ ސުކޫލުތަކަށް ފޮނުވާ ފޮތްތައް ތަރުތީބު ކުރުމުގެ މަސައްކަތް ކުރިން ކުރީ، އަރަބިއްޔާ ސުކޫލުގައި ކަމަށެވެ. ނަމަވެސް، މިހާރު އަމީނިއްޔާ ސުކޫލަށް ފޮތްތައް ބަދަލުކޮށްފައިވާ ކަމަށާއި ޖާގައިގެ ގޮތުން ގޮންޖެހުންތައް އެބަ ހުރި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް