ފާޅުގައި އަވައްޓެރި ގައުމަކާ ޖެހިގަތް ކަމަށް ބުނެ، ލަންކާ ހައި ކޮމިޝަނަރުގެ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަން ހުށަހަޅައިފި

ސަން

12 ޖެނުއަރީ 2026 | ހޯމަ | 9:25

ފާޅުގައި އަވައްޓެރި ގައުމަކާ ޖެހިގަތް ކަމަށް ބުނެ، ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ހައިކޮމިޝަނަރު މަސްއޫދު އިމާދުގެ މައްސަލައިގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި ސުވާލުކުރަން އިދިކޮޅު އެމްޑީޕީން ހުށަހަޅައިފިއެވެ.

މި މައްސަލައަކީ ދިގު މުއްދަތަކަށް ލަންކާއަށްދާ ދިވެހީންނަށް ވިސާ ލިބުން ދަތިބެ، ހައި ކޮމިޝަނަރު އެ ގައުމުގެ މީޑިއާއަކަށް އިންޓަވިއުއެއް ދެއްވިއިރު ދެއްކެވި ވާހަކަތަކާ ގުޅޭ މައްސަލައެކެވެ. އެ އިންޓަވިއުގައި އޭނާ ވަނީ 'ދޮންމަންމަ'އަކު ކަންކުރާ މޭރުމުން ދިވެހީންނާ މެދު ކަން ކުރަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި، 'ދޮން މީހުންނާ'އި ދިވެހީންނާ ތަފާތުކުރާ ކަމަށް ވިދާޅުވެ، އޭނާ ވަނީ ވަރަށް ބޮޑަށް ނުރުހުން އަމާޒުކުރައްވާފައެވެ.

ހަމައެއާއެކު ލަންކާގެ އިމިގްރޭޝަންސް އޮފިސަރުން ކޮރަޕްޝަން ހިންގާކަމުގެ ތުހުމަތު ވެސް އޭނާ އަމާޒުކުރައްވާފައިވެއެވެ.

މައުޟޫޢުތަށް