އުމަރުގެ ތުހުމަތެއް: ރައީސްގެ އިރުޝާދުގެ ދަށުން ކުންފުނިތައް ހިންގަން ލަނީ 'ބައި އަޅާނެ' މީހުން
ސަން
12 ޖެނުއަރީ 2026 | ހޯމަ | 11:43
ސަރުކާރުގެ ކުންފުނިތައް ހިންގަން އައްޔަނުކުރަނީ، އެ ތަން ހިންގަމުން 'ބައި އަޅާނެ' މީހެއް ކަމަށާއި ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަންތައް ހިންގަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެއެވެ.
ޗެނަލް ތޭރައިގެ ޕްރޮގްރާމެއްގައި، އުމަރު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ ބޭނުމަކީ ވައްކަން ކުރުން ކަމަށެވެ.
އެގޮތުން، ކުންފުނިތަކަށް މީހުން އައްޔަނުކުރަނީ، އެތަނެއް ހިންގަމުން 'ބައި އަޅާނެ' މީހެއް ކަމަށް އުމަރު ވަނީ ތުހުމަތުކުރައްވާފައެވެ. އެ ފަދަ ވައްކަންތައް ކުންފުނިތަކުގެ ތެރޭގައި ކުރަނީ، އަމިއްލަ މީހާގެ ފައިދާއަށް އެކަނި ނޫންކަން އުމަރު ފާހަގަކުރެއްވިއެވެ.