މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިޔާއިން، އިއްޔެގެ ނިޔަލަށް 14،638
ސަން
12 ޖެނުއަރީ 2026 | ހޯމަ | 11:54
މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިން ކަމަށްވާއިރު، އިއްޔެގެ ނިޔަލަށް އެ ގައުމުން 14،638 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަދު ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، އިއްޔެގެ ނިޔަލަށް ވަނީ، 79،0004 ފަތުރުވެރިން އައިސްފައެވެ. އެކަމަކު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ، 69،553 ފަތުރުވެރިންނެވެ. އެހެންވެ، މި އަހަރު ފެނުނީ، 13.6 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުތަކަށް ބަލާއިރު، 14،638 ފަތުރުވެރިން ޒިޔާރަތްކޮށްގެން ލިސްޓުގެ އެއްވަނައިގައި އޮތީ، ރަޝިއާއެވެ. އެ ގައުމަކީ، މިދިޔަ އަހަރު ފެށުނުއިރު ވެސް މާކެޓުގެ އެއްވަނައިގައި އޮތް ގައުމެވެ. މިދިޔަ އަހަރުގެ ޖަނަވަރީ 11ގެ ނިޔަލަށް ރަޝިއާއިން ޒިޔާރަތްކުރީ، 11،367 ފަތުރުވެރިންނެވެ.