ޑްރަގް ނެޓްވޯކުގައި ހިމެނޭ މީހުންގެ އެކައުންޓުތަކުގައި 5 އަހަރުތެރޭ 300 މިލިއަން ރުފިޔާއާއި 4 ލައްކަ ޑޮލަރު ދައުރުކުރި
ސަން
13 ޖެނުއަރީ 2026 | އަންގާރަ | 12:39
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުން އަންނަ ފަރާތްތައް ހޯދުމަށްޓަކައި ފުލުހުން "އަލިމަގު"ގެ ނަމުގައި ފެށި އޮޕަރޭޝަނުގައި މާލެއާއި ގއ. އަތޮޅުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރި ހަތަރު މީހުންގެ ބޭންކު އެކައުންޓުތަކުގައި މިދިޔަ ފަސް އަހަރުތެރޭ 300 މިލިއަން ރުފިޔާއާއި ހަތަރު ލައްކަ ޑޮލަރު ދައުރުކުރި ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ:
އިއްޔެ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި މީހުންގެ ތެެރެއިން މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި އަޙްމަދު އަނާމް އިބްރާހީމް ވަނީ އިއްޔެ މަގާމުން ވެސް ވަކިކޮށްފައެވެ. މި މައްސަލައިގައި ދެން ހިމެނޭ މީހުންގެ ތެރެއިން, ޝައްފާޙް ލަޠީފަކީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑައިރެކްޓަރެކެވެ.