ޖޭއެސްސީއަށް މިދިޔަ އަހަރު 261 މައްސަލަ: 18 މައްސަލަ ނިންމިއިރު ފިޔަވަޅު އެޅީ 7 މައްސަލައިގައި

ސަން

13 ޖެނުއަރީ 2026 | އަންގާރަ | 11:07

ނިމުނު އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް 261 މައްސަލައެއް ހުށަހެޅިއިރު، 18 މައްސަލައެއް ބަލައި، ފިޔަވަޅު އަޅާފައިވަނީ އެންމެ ހަތް މައްސަލައިގައިކަން އެ ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޖޭއެސްސީން އާއްމުކުރި މިދިޔަ އަހަރުގެ ގާނޫނީ މައްސަލަތަކާއި ތަހުގީގުތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޝަކުވާގެ ގޮތުގައި ވަނީ 261 މައްސަލައެއް ހުށަހަޅައިފައެވެ. އެއީ، އޭގެ ކުރިން 2024 ވަނަ އަހަރާ އަޅާ ބަލާއިރު 45.81 ޕަސެންޓުގެ އިތުރުވުމެކެވެ. އެގޮތުން 2024 ވަނަ އަހަރު ޝަކުވާގެ ގޮތުގައި ހުށަހެޅީ 179 މައްސަލައެކެވެ.

ނަމަވެސް، 2023 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު ހުށަހެޅި ޝަކުވާގެ އަދަދު މަދެވެ. އެގޮތުން، 2023 ވަނަ އަހަރު ހުށަހެޅީ 314 ޝަކުވާއެވެ. ނިމުނު އަހަރުގައި ޖޭއެސްސީން ވަނީ 87 ތަހުގީގެއް ހިންގައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރު ތަކުގައި ނުނިމި ހުރި 15 މައްސަލައަކާއި، 72 އާ މައްސަލައެވެ.

މައުޟޫޢުތަށް