ވެމްކޯއާއި ބީސީސީ ހިމެނޭހެން ސަރުކާރު 3 ކުންފުނިން ޕެންޝަނަށް ފައިސާ ނުދައްކާ!
ސަން
13 ޖެނުއަރީ 2026 | އަންގާރަ | 11:02
ސަރުކާރު ކުންފުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ހިމެނޭހެން ތިން ކުންފުންޏަކުން މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާތާ ގިނަ ދުވަސްވެފައިވާ ކަމަށް ޕެންޝަން އޮފީހުން ހާމަކުރި މައުލޫމާތުން އެނގިއްޖެއެވެ.
ޕެންޝަނަކީ ގާނޫނުއަސާސީން ކޮންމެ މުވައްޒަފަކަށް ވެސް ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަފްރާހް އިސްމާއިލް ކިޔާ މީހަކު ވަނީ ސަރުކާރު ކުންފުނިތަކުން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކި ތާރީޚުތަކާއި ދެއްކި ފައިސާގެ އަދަދު ހިއްސާކުރަން އެދިފައެވެ. އެ މައުލޫމާތު ހާމަކުރުމުން ސަރުކާރުގެ ދެ ކުންފުންޏަކުން ގަވާއިދުން ޕެންޝަނަށް ފައިސާ ނުދައްކާކަން ވަނީ އެނގިފައެވެ.