ތުހުމަތަށް އިންކާރުކުރިޔަސް، ޑުރަގާ އެކު ހައްޔަރުކުރި 50 އަހަރުން މަތީގެ 2 މީހުންގެ ބަންދު އިތުރުކޮށްފި

ސަން

13 ޖެނުއަރީ 2026 | އަންގާރަ | 11:49

މަސްތުވާތަކެތި ވިޔަފާރިކުރުމުގެ މައްސަލައެއްގައި މިދިޔަ މަހުގެ 23 ގައި ހައްޔަރުކުރި 50 އަހަރުން މަތީގެ ދިވެހި އަންހެން މީހާއާއި ފިރިހެން މީހާގެ ބަންދުގެ މުއްދަތު އިއްޔެ އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. މުލި، ނަސީމީގެ، މުޙައްމަދު ވަޙީދު (52އ) އާއި ސ. ފޭދޫ، މުށިކުލާގެ، އާމިނަތު އިބްރާހީމް (57އ)އެވެ.

އުމުރުން 57 އަހަރުގެ އެ އަންހެން މީހާއާއި 52 އަހަރުގެ ފިރިހެން މީހާ ހައްޔަރުކުރީ ހުޅުމާލޭގެ ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން އޭރު ބުނީ މި ދެ މީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 32.6 ގުރާމު ކަމަށެވެ.

މައުޟޫޢުތަށް