ނަޝީދު، އީރާނަށް: މައުމޫން ވެސް ވިދާޅުވީ މުޒާހަރާތަކުގެ ފަހަތުގައި ތިބީ ނަޞާރާއިންނޭ

ސަން

13 ޖެނުއަރީ 2026 | އަންގާރަ | 11:57

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ނިމެންދިޔައިރު ރާއްޖޭގައި އުފެދިފައި އޮތް ސިޔާސީ ހަލަބޮލިކަމަކީ ވެސް ނަޞާރާދީނުގެ މީހުން އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް މައުމޫން ތުހުމަތުކުރެއްވި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް މިއަދު އީރާނަށް ފާޑުވިދާޅުވެއްޖެއެވެ.

އީރާންގެ ސަރުކާރު ދިފާއުކުރުމުގެ ބަދަލުގައި ތިބެންވާނީ އެ ގައުމުގެ ރައްޔިތުންނާ އެކުގައި ކަމަށް ނަޝީދު ވިދާޅުވުމުން އެ ގައުމުން ވަނީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އިގުތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އީރާންގައި ވަނީ ބޮޑެތި މުޒާހަރާތަކެއް ފަށާފައެވެ. އެއީ، ރައްޔިތުންގެ ހަގީގީ ކަންބޮޑުވުންތަކެއް ހުރެގެން ފެށި މުޒާހަރާތަކެއް ނަމަވެސް މިހާރު އެ މުޒާހަރާތަކުގެ ތެރެއިން އިސްރާއީލާއި އެމެރިކާގެ "ޓެރަރިސްޓް އެޖެންޓުން" ވަދެގެން އީރާނާ ދެކޮޅަށް ޓެރަރިޒަމްގެ ހަނގުރާމައެއް ކުރަން އުޅޭ ކަމަށް އެ ގައުމުން ވަނީ ތުހުމަތުކޮށްފައެވެ.

މައުޟޫޢުތަށް