އަންނަ މަހު 15ގެ ނިޔަލަށް ހުރިހާ ފާމަސީއެއް ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރެވޭނެ: އެސްޓީއޯ

ސަން

13 ޖެނުއަރީ 2026 | އަންގާރަ | 12:27

ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ހުރިހާ ފާމަސީތައް އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނުވަވަނަ ދުވަހު ސަރުކާރުން ވަނީ ރާއްޖެއަށް ބޭސް އެތެރެކުރުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސްގެ ނަމުގައި ވަކި ކުންފުންޏެއް އުފައްދާފައެވެ.

ކުންފުނި އުފެއްދިތާ މިހާތަނަށް ހަތަރު މަސްވިއިރު ވެސް މާ ބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

މައުޟޫޢުތަށް