ލުބްރިކެންޓް ފުޅިތަކެއް، މޯލްޑިވް ގޭސްއިން ނީލަމުގައި ވިއްކާލަނީ
ސަން
13 ޖެނުއަރީ 2026 | އަންގާރަ | 12:47
މޯލްޑިވް ގޭސްއިން ބޭނުން ނުކޮށް ހުރި, ލުބްރިކެންޓް ފުޅިތަކެއް ނީލަމުގައި ވިއްކާލަން މިއަދު އިއުލާނުކޮށްފިއެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ ވިއްކާލުމަށް ނިންމާފައިވަނީ ސިނޮޕެކް ބްރޭންޑްގެ ލުބްރިކެންޓް ފުޅިތަކެއް ކަމަށެވެ. ވިއްކަނީ ކިހާ އަދަދެއްގެ ފުޅިތަކެއް ކަމެއް އިއުލާނަކު ނެތެވެ.
ލުބްރިކެންޓަކީ އެކިއެކި މެޝިނަރީސްއާއި އިންޖީނު ފަދަ ތަކެތީގެ ހޫނުކަން ކުޑަކޮށްދީ، މެޝިނަރީތައް ރައްކާތެރިކޮށްދޭން އެހީތެރިވެދޭ މާއްދާއެކެވެ.