ރިޔާސީ ބަޔާން އިއްވާތީ، އަންނަ މަހު 5 ސަރުކާރު ބަންދު
ސަން
13 ޖެނުއަރީ 2026 | އަންގާރަ | 2:00
މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައި، ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އަންނަ މަހުގެ ފަސްވަނަ ދުވަހަށް ތާވަލުކޮށްފައިވާތީ، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
އާންމު އުސޫލުން ވެސް ރިޔާސީ ބަޔާން އިއްވާ ދުވަސް ސަރުކާރު ބަންދުވާނެއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާގޮތުގެ މަތިން ކޮންމެ އަހަރަކު ވެސް މަޖިލީސް ހުޅުވައި، ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މީގެ ކުރިން ވެސް ހަމަޖައްސާތީ، އެ ދުވަސް ބަންދުކުރަން ނިންމީ ކަމަށެވެ.