ރަސްމީ ދަތުރުފުޅެއްގައި ޢަބްދުއްރަޙީމް އިންޑިއާއަށް
ސަން
13 ޖެނުއަރީ 2026 | އަންގާރަ | 3:09
ހަ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله، އިންޑިއާގެ ނިއުދިއްލީއަށް މިއަދު ފުރާވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ޢަބްދުއްރަޙީމް ފުރާވަޑައިގަތީ ކޮމަންވެލްތު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
ޢަބްދުއްރަޙީމް ވަޑައިގަންނަވަނީ މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.