މި އަހަރު ވެސް، ހެޔޮއެދޭ ފަރާތަކުން ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވަނީ

ސަން

13 ޖެނުއަރީ 2026 | އަންގާރަ | 4:28

ހެޔޮ އެދޭ ފަރާތަކުން މި އަހަރު ވެސް، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ހައްޖުގެ މަތިވެރި އަޅުކަން އަދާނުކުރެވިފައި ތިބި ރ. އަތޮޅު މީހުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ފަރާތުން ވަނީ ރ. އަތޮޅުގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެކަކަށް އެ ފުރުސަތު ދިނުމަށް ނިންމާފައެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ 40 އަހަރު ފުރި، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ހައްޖުގެ އަޅުކަން އަދާނުކުރެވިފައި ތިބި މީހުންނަށެވެ.

ރ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކުން ކޮށްފައިވާ އިއުލާނުތަކުގައި ވަނީ، މި ޝަރުތުތައް ހަމަވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އެކަމަށް އެދި ސިޓީއާއި އައިޑީކާޑުގެ ސާފު ކޮޕީއެއް، ކައުންސިލުތަކުގެ އިދާރާތަކަށް ހުށަހަޅައިދިނުމަށް އެދިފައެވެ. އަދި ޝަރުތު ހަމަވާ އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ، ހައްޖަށް ދިއުމުގެ ފުރުސަތު ދެވޭނީ ގުރުއަތުލައިގެން ކަމަށް ވެސް ކައުންސިލުތަކުގެ އިއުލާނުގައިވެއެވެ.

މައުޟޫޢުތަށް