މުސާރައިން ކެނޑިޔަސް ޕެންޝަނަށް ޖަމާނުކުރެވުނީ އިންވޮއިސްތަކަށް ފައިސާ ނުލިބޭތީ: ވެމްކޯ

ސަން

13 ޖެނުއަރީ 2026 | އަންގާރަ | 9:03

ސަރުކާރު ކުންފުނި، ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ)އިން ޕެންޝަނަށް ވާ ފައިސާ މުވައްޒަފުންގެ މުސާރައިން އުނިކުރި ނަމަވެސް، އެ ފައިސާ ފަންޑަށް ޖަމާނުވަނީ، އެ ކުންފުނީގެ އިންވޮއިސްތަކަށް ލިބެން ޖެހޭ ފައިސާތައް ނުލިބޭތީ މާލީ ގޮތުން ދަތިވުމުން ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަފްރާހް އިސްމާއިލް ކިޔާ މީހަކު ވަނީ ސަރުކާރު ކުންފުނިތަކުން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކި ތާރީޚުތަކާއި ދެއްކި ފައިސާގެ އަދަދު ހިއްސާކުރަން އެދިފައެވެ.

އެ މައުލޫމާތު ހާމަކުރިއިރު، ވެމްކޯއިން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކީ، އޮކްޓޫބަރު 2024ގައެވެ. އޭގެ ފަހުން، މިދިޔަ 14 މަހު އެ ކުންފުނިން ޕެންޝަނަށް ފައިސާ ދައްކާފައެއް ނުވެއެވެ.

މައުޟޫޢުތަށް