ޔޫއޭއީގެ ޝަރަފުވެރި ޒައިދު ސަސްޓެއިނެބިލިޓީ އެވޯޑު މިފަހަރު ފ. އަތޮޅު ތައުލީމީ މަރުކަޒަށް

ސަން

13 ޖެނުއަރީ 2026 | އަންގާރަ | 6:11

އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގައި މިހާރު ކުރިއަށްދާ އަބޫދާބީ ސަސްޓެއިނެބިލިޓީ ވީކްގައި ފ. އަތޮޅު ތައުލީމީ މަރުކަޒަށް، ޝަރަފުވެރި އެވޯޑެއް ލިބިއްޖެއެވެ.

އެގޮތުން ފ. އަތޮޅު ތައުލީމީ މަރުކަޒަށް ލިބިފައިވަނީ ޒައިދު ސަސްޓެއިނެބިލިޓީ އެވޯޑު، ބައިނަލްއަގުވާމީ ސާނަވީ ސްކޫލްތަކުގެ ދެކުނު އޭޝިއާގެ ކެޓަގަރީންނެވެ.

އެ ސުކޫލަށް މި އެވޯޑު ހަވާލުކުރީ "ޒައިދު ސަސްޓެއިނެބިލިޓީ ވީކް" ފެށުމުގެ ރަސްމިއްޔާތުގައެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ. ނިލަންދޫގައި ހުންނަ ފ. އަތޮޅު ތައުލީމީ މަރުކަޒަށް މި އެވޯޑު ލިބުނުއިރު، ފާހަގަކުރެވޭ ގޮތުގައި ޚަލީލަކީ ނިލަންދުއަށް އުފަން، ނިލަންދޫ ބޭފުޅެކެވެ.

މައުޟޫޢުތަށް