ކްރައުން އެންޑް ޗަމްޕާގެ ރިސޯޓުތަކުން ހުރިހާ މުވައްޒަފުންނަށް ޑޮލަރުން މުސާރަދޭން ފަށައިފި
ސަން
13 ޖެނުއަރީ 2026 | އަންގާރަ | 7:37
މަޝްހޫރު ވިޔަފާރިވެރިވާ މުޙައްމަދު މޫސާ (އުއްޗު)ގެ ކުންފުނި ކަމަށްވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ހުރިހާ މުވައްޒަފުންނަށް ވެސް ޑޮލަރުން މުސާރަދޭން އެ ކުންފުނިން ފަށައިފިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަސްވީ، ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ދަށުން ޖުމްލަ ތިން ހާހަށްވުރެ ގިނަ މުވައްޒަފުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭ އެ ކުންފުނިން ހިންގާ ރިސޯޓުތަކުގައި ވެސް ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ހިއްސާކުރެއެވެ.
ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި ވެސް އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައާއި ސާވިސް ޗާޖު ދެމުން އަންނަނީ ސީދާ ޑޮލަރުންނެވެ. ފަތުރުވެރިން އެންމެ ގިނައިން އަންނަ ދުވަސްވަރު، ރިސޯޓު މަސައްކަތްތެރިންނަށް ވަރަށް ބޮޑެތި ސާވިސް ޗާޖު ދޭ ރިސޯޓުތައް ވެސް އެބަހުއްޓެވެ.