މަޖިލިސް އިންތިޚާބާ ދިމާކޮށް ބަންގްލަދޭޝްއިން އޮންއެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑައިލަނީ
ސަން
13 ޖެނުއަރީ 2026 | އަންގާރަ | 9:31
ބަންގްލަދޭޝަށް ދަތުރުކުރާ ހުރިހާ ދަތުރުވެރިންނަށް އޮންއެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑައިލަން ނިންމައިފައިވާތީ އެ ގައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް ފޮރިން މިނިސްޓްރީން މިއަދު އަންގައިފިއެވެ.
އެ މިނިސްޓްރީން ބުނީ އޮންއެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން ހުއްޓައިލަަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ކަމަށެވެ.
އޮންއެރައިވަލް ވިސާ ދިނުން ހުއްޓައިލާނީ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ 15 ގެ ނިޔަލަށެވެ.