މިދިޔަ 8 އަހަރު އައިބެއް ހުރި، 729 ކުދިން އައީޖީއެމްއެޗްގައި އުފަންވި: 15 ޕަސެންޓު މައިންގެ ހަކުރު ބަލި ހުރި
ސަން
13 ޖެނުއަރީ 2026 | އަންގާރަ | 11:00
މިދިޔަ އަށް އަހަރު އައިބެއް ހުރި، 729 ކުދިން ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗުގައި ވިހެއި ކަމަށާއި އެ ކުދިން ވިހެއި މައިންގެ ތެރެއިން 15 ޕަސެންޓު މީހުންގެ ހަކުރު ބަލި ހުރިކަން ދިރާސާއަކުން ދައްކައިފިއެވެ.
ދެ ހާސް ސޯޅައިން 2024ގެ ނިޔަލަށް އައިޖީއެމްއެޗުގައި ވިހެއި ކުދިންގެ މައުލޫމާތުތަކަށް ބިނާކޮށް، އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ހަތަރު ޑޮކްޓަރުން ލިޔުއްވި ދިރާސާ ރިޕޯޓެއް މޯލްޑިވްސް ނެޝަނަލް ޖާނަލް އޮފް ރިސާޗުގައި ވަނީ އާންމުކޮށްފައެވެ.
އެ ރިޕޯޓުގައި ބުނީ، އަށް އަހަރު ތެރޭގައި އައިޖީއެމްއެޗުގައި 17،188 ކުދިން ވިހެއި ކަމަށެވެ. އޭގެތެރެއިން، 729 ކުދިންގެ ޖުމުލަ 1،215 އައިބެއް ހުއްޓެވެ. އެއީ، 313 އަންހެން ކުދިންނާއި 16 އެއްމާބަނޑު ކުދިންނެވެ.