ވާދޫ ގްރީން ފާމް ހުޅުވައިފި: "މަހަކު 80،000 ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވޭ"

ސަން

13 ޖެނުއަރީ 2026 | އަންގާރަ | 11:39

އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހިންގުމަށް، ވާދޫ ގްރީން ފާމް މިއަދު ހުޅުވައިފިއެވެ.

މި ފާމް ހުޅުވައިދެއްވީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މަރިޔާއެވެ. ހައިޑްރޮޕޯނިކްސްގެ ދަނޑުވެރިކަން ކުރާ މި ފާމު ފަރުމާކޮށްފައި ވަނީ، އެއް ފަހަރާ 600 ކިލޯ ކަމްބާއާއި 400 ކިލޯގެ ކާން ބޭނުންކުރާ ފަތުގެ ބާވަތްތައް ހެއްދޭ ގޮތަށެވެ.

މި ފާމުން ކޮންމެ މަހަކު ގާތްގަނޑަކަށް 80,000 ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އެ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ. އަދި، 18 އަންހެނުންނަށް ހައިޑްރޮޕޯނިކްސް ދަނޑުވެރިކަމުގެ އެޑްވާންސްޑް ތަމްރީން ދީފައިވާއިރު، އިތުރު 25 އަންހެނުންނަށް ވަނީ ސޯލާ ހަކަތައިގެ ނިޒާމުތައް ހަރުކުރުމާއި ބެލެހެއްޓުމުގެ ޤާބިލްކަން އިތުރުކުރުމުގެ ތަމްރީނު ދީފައެވެ.

މައުޟޫޢުތަށް