ގާތްތިމާގެ އެކަކަށްވެސް މަގާމުގެ ނުފޫޒު ބޭނުންކޮށް ކޮންޓްރެކްޓެއް ނުދެން، ގޯހެއް އުޅެންޏާ ކަމާބެހޭ އިދާރާތަކަށް ވާނީ ފޮނުވައިފަ: އާދަމް ޢާޒިމް

ސަން

13 ޖެނުއަރީ 2026 | އަންގާރަ | 11:43

މޭޔަރުކަމުގެ މަގާމުގައި ހުންނަވައި ގާތްތިމާގެ އެއްވެސް މީހަކަށް ނުފޫޒުގެ ބޭނުންކޮށް ކޮންޓްރެކްޓްކޮށްފައި ނޯންނާނެ ކަމަށާއި، ކޮންޓްރެކްޓްތައް އޮޑިޓްކުރެވި، ގޯހެއް އުޅެންޏާ ކަމާބެހޭ އިދާރާތަކަށް ވާނީ ފޮނުވައިފަ ކަމަށް، މާލޭގެ މޭޔަރު އާދަމް ޢާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

މާފަންނު ބޮނޑިބަތް ޕާކު ސަރަހައްދުގައި މިރޭ ވަނީ "ދެންވެސް އާދަމް ޢާޒިމް"ގެ ނަމުގައި، އެމްޑީޕީގެ މާލޭގެ މޭޔަރުކަމުގެ ޕްރައިމަރީގައި ވާދަކުރައްވާ ޢާޒިމްގެ ކެމްޕެއިން ޖަލްސާ ބާއްވައިފައެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޢާޒިމް ވިދާޅުވީ، ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިކަމުގައިވިޔަސް، އޭނާގެ ފަހަތުން އަންނާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

މައުޟޫޢުތަށް