ސަޢޫދީން ޔަމަނަށް 20 އެހީ ލޮރީގެ ކާބޯތަކެތި ފޯރުކޮށްދީފި
ސަން
13 ޖެނުއަރީ 2026 | އަންގާރަ | 11:54
ސަޢޫދީ ޢަރަބިއްޔާއިން ޔަމަނަށް ކާބޯތަކެއްޗާއި އަސާސީ ހިޔާވަހިކަމަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފައިވާ ކަމަށް، ސަޢޫދީ ސަރުކާރުން ހާމަކޮށްފިއެވެ.
'އެކްސް'ގައި ސަޢޫދީގެ ފޮރިން މިނިސްޓްރީން ހިއްސާކުރި މައުލޫމާތުގައިވަނީ، ކާބޯތަކެއްޗާއި އަސާސީ ހިޔާވަހިކަމަށް ބޭނުންވާ ތަކެތި ސަޢޫދީ ސަރުކާރުގެ ވިހި އެހީގެ ލޮރީ މެދުވެރިކޮށް، ޔަމަންގެ 13,000އެއްހާ މީހުން އުޅޭ އަލް-ޢަބްރު އަވަށަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
ޔަމަނުގެ އަލް-ޢަބްރު އަވަށަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އިންސާނިއްޔަތަށް ޓަކައި ކުރާ މަސައްކަތުގެ ތެރެއިން ކަމަށް، ސަޢޫދީ ސަރުކާރުން ބުންޏެވެ.