1 ކިލޯގެ މަސްތުވާތަކެތި އަތުލުން: މިފަހަރު ވެސް ދިފާއުގައި ބުނީ ނަފްސާނީ ބަލި "މަތީ ދަރަޖައަކަށް" ހުންނަ ކަމަށް
ސަން
14 ޖެނުއަރީ 2026 | ބުދަ | 10:27
އެއް ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މާލޭން ހައްޔަރު ކުރި ދެ ޒުވާނުންގެ ތެރެއިން އެކަކު އަނެއްކާ ވެސް ކޯޓުގައި, އޭނާއަކީ ނަފްސާނީ ބަލި މަތީ ދަރަޖައަކަށް ހުންނަ މީހެއް ކަމަށް ބުނެ, ބަންދަށް ލުޔެއް ދިނުމަށް އެދިފިއެވެ.
މި މަހުގެ ފަސް ވަނަ ދުވަހު, މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި / ވަލުތެރޭގެ، މުޙައްމަދު އީވާން ޙާމިދު, 23, އާއި ހ. ސަކީނާމަންޒިލް / މާލެ، މުޙައްމަދު ރާޢިދު ޢަލީ އަޞްޣަރު, 31, އެވެ.
މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.