ޕެންޝަނަށް ފައިސާ ނުދައްކާތާ ތިން މަސް، ބީސީސީގެ ބަހެއް ނެތް!
ސަން
14 ޖެނުއަރީ 2026 | ބުދަ | 1:00
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ން މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާތާ ތިން މަސް ދުވަސްވެފައިވާއިރު، އެ މައްސަލައިގައި އެއްވެސް ޖަވާބެއް ދޭން އެ ކުންފުނިން ދެކޮޅު ހަދައިފިއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަފްރާހް އިސްމާއިލް ކިޔާ މީހަކު ވަނީ ސަރުކާރު ކުންފުނިތަކުން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކި ތާރީޚުތަކާއި ދެއްކި ފައިސާގެ އަދަދު ހިއްސާކުރަން އެދިފައެވެ. އެ މައުލޫމާތު ހާމަކުރުމުން ސަރުކާރުގެ ތިން ކުންފުންޏަކުން ގަވާއިދުން ޕެންޝަނަށް ފައިސާ ނުދައްކާކަން ވަނީ އެނގިފައެވެ.
އޭގެ ތެރޭގައި ބީސީސީ ހިމެނޭއިރު، އެ ކޯޕަރޭޝަނުން އެންމެ ފަހުން ފައިސާ ޖަމާކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހެވެ. އެ ފަހުން ޕެންޝަނަށް ބީސީސީން ފައިސާ ދައްކާފައެއް ނުވެއެވެ.