ދަރަނި ދައްކަން 15 ޕަސެންޓް އިންޓްރެސްޓްގައި އިތުރު ދަރަނި ނަގައިފި ނަމަ، ހާލަތު މާ ގޯސްވާނެ: ޒަރިޔަންދު

ސަން

14 ޖެނުއަރީ 2026 | ބުދަ | 2:50

ސަރުކާރުން މަސައްކަތްކުރަނީ މި އަހަރު ދައްކަންޖެހޭ ބޮޑު ދަރަނި އަދާކުރަން 15 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި އިތުރު ބޮޑު ލޯނެއް ނަގަން ކަމަށާއި އެހެން އެކަން ކޮށްފިނަމަ ހާލަތު މާ ގޯސްވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއިލް ޒަރިޔަންދު މިއަދު ވިދާޅުވެއްޖެއެވެ.

މި އަހަރު ރާއްޖޭން އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަންޖެހެއެވެ. އޭގެ ތެރޭގައި އޭޕްރީލް މަހު އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއް ހިމެނެއެވެ. އަދި، އެ މަހު ދައްކަންޖެހޭ އިތުރު 100 މިލިއަން ޑޮލަރުގެ ދަރަންޏެއް ވެސް އެބައޮތެވެ.

ޒަރިޔަންދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރު ދައްކަން އެމެރިކާގެ ކާގިލްސްއިން 15 އިންސައްތައިގެ އިންޓްރެސްޓްގައި 300 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ރާވާފައިވާ ކަމަށެވެ. އޮޑިޓްކުރުމާއި މާލީ ދާއިރާގައި ގިނަ ދުވަސްވަންދެން މަސައްކަތްކުރެއްވި ޒަރިޔަންދު ވަނީ ބާކީ ފައިސާ ހަމަޖައްސަން ރާވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދަރަނި ނަގައިގެން ކަމަށް ތުހުމަތުކުރައްވާފައެވެ.

މައުޟޫޢުތަށް