ޕެންޝަން ފައިސާ ޖަމާ ނުކުރެވުނީ ކޭޝް ފްލޯ ތާށިވެގެން، މިހާރު ހައްލުކޮށްފިން: ބީސީސީ
ސަން
14 ޖެނުއަރީ 2026 | ބުދަ | 4:06
މުވައްޒަފުންގެ މުސާރައިން ކެނޑި ނަމަވެސް, ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ން މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާތާ ތިން މަސް ދުވަސްވީ ކޭޝް ފްލޯއަށް އައި ތާށިކަމަކުން ކަމަށާއި މިހާރު އެކަން ހައްލުކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަފްރާހް އިސްމާއިލް ކިޔާ މީހަކު ވަނީ ސަރުކާރު ކުންފުނިތަކުން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކި ތާރީޚުތަކާއި ދެއްކި ފައިސާގެ އަދަދު ހިއްސާކުރަން އެދިފައެވެ. އެ މައުލޫމާތު ހާމަކުރުމުން ސަރުކާރުގެ ތިން ކުންފުންޏަކުން ގަވާއިދުން ޕެންޝަނަށް ފައިސާ ނުދައްކާކަން ވަނީ އެނގިފައެވެ. އެއީ ވެމްކޯއާއި ބީސީސީއާއި އާރުޑީސީއެވެ.
އެ އާރްޓީއައި ބުނާގޮތުން ބީސީސީން އެންމެ ފަހުން ޕެންޝަން ފަންޑަށް ފައިސާ ޖަމާކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހެވެ. އޭގެ ފަހުން އެ ފަންޑަށް ފައިސާ ޖަމާކޮށްފައެއް ނުވެއެވެ.