40 މީޑިއާއަކަށް 27.2 މިލިއަން ރުފިޔާ ދޫކޮށްފި

ސަން

14 ޖެނުއަރީ 2026 | ބުދަ | 5:44

އަމިއްލަ 40 މީޑިއާއަކަށް ދައުލަތުން، 27.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީން މިއަދު ބުނެފިއެވެ.

މާލީ އެހީ ހޯދަން ކުރިމަތިލި، 41 މީޑިއާއަކުން ޝަރުތު ހަމަވިއެވެ. އެ މީޑިއާތަކުން އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބުނެފައެވެ.

އޭގެ ފަހުން، އެއް ކުންފުންޏަކުން ހިންގާ ދެ ހުށަހެޅުމެއް އޮތުމުން، އެ ކަންބަލައި، ލިސްޓުން މީޑިއާއެއް ވަނީ އުނިކޮށްފައެވެ. އެހެންވެ، ދައުލަތުގެ ބަޖެޓުން މާލީ އެހީ ލިބޭނެ ކަމަށް ކަނޑައެޅީ 40 މީޑިއާއަކަށެވެ.

މައުޟޫޢުތަށް