ވާދޫގެ ފަރުމައްޗަށް ލޭންޑިންކްރާފްޓެއް އަރައި، ފަރަށް ގެއްލުން ވެއްޖެ
ސަން
14 ޖެނުއަރީ 2026 | ބުދަ | 7:29
ގދ. ވާދޫގެ ފަރު މައްޗަށް ލޭންޑިންކްރާފްޓެއް ރޭގެ ވަގުތެއްގައި އަރައި، އެ ރަށުގެ ފަރަށް ގެއްލުންވެއްޖެއެވެ.
'ފޭސްބުކް'ގައި "މި މީހާ"ގެ ނަމުގައި މީހަކު ކުރި ޕޯސްޓެއްގައިވަނީ، ވާދުއަށް ލޭންޑިންކްރާފްޓެއް ފަރަށް އެރީ ރޭގެ ވަގުތެއްގައި ކަމަށް ބުނެފައެވެ.
'ސަން'އިން ސުވާލުކުރުމުން ވާދޫ ކައުންސިލުގެ ރައީސް ޙަސަން ޢަބްދުالله މިއަދު ވިދާޅުވީ، ލޭންޑިންކްރާފްޓް މިހާރު ފުންކުރަމުން އަންނަކަމަށާއި، ބެލެވޭ ގޮތުގައި ލޭންޑިންކްރާފްޓް އެ ރަށު ފަރަށް އެރީ ބަލަންޖެހޭ ވަރަށް ނުބެލުމުން ކަމަށެވެ.