ކައުންސިލް އިންތިޚާބު: ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް މިހާތަނަށް 315 ޝަކުވާ
ސަން
14 ޖެނުއަރީ 2026 | ބުދަ | 9:53
އަންނަ އެޕްރީލް ހަތަރެއްގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް މިހާތަނަށް 315 ޝަކުވާ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން ބުނީ، މިއަދު އިރުއޮއްސި 06:00ގެ ނިޔަލަށް 315 ޝަކުވާ ލިބިފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި މި ޝަކުވާތަކަކީ، ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމަށް، ރަށްވެހިކަން ބަދަލުވެފައިވާތީ އަދި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ އެ ނަން ރަޖިސްޓަރީއިން އުނިކުރުމަށް ލިބިފައިވާ ޝަކުވާތަކެވެ.