އަމިއްލައަށް ވޯޓުލާން ބޭނުންވާ، ލޮލަށް ނުފެންނަ މީހުން ރަޖިސްޓްރީވާން ހުޅުވާލައިފި
ސަން
14 ޖެނުއަރީ 2026 | ބުދަ | 10:07
އަންނަ ލޯކަލް ކައުންސިލު އިންތިޚާބުގައި އެހެން މީހެއްގެ އެހީތެރިކަމާ ނުލާ ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ބޭނުންވާ، ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ނަމަ އަންނަ ފެބްރުވަރީ މަހުގެ 23ވަނަ ދުވަހުގެރޭ 10 ޖެހުމުގެ ކުރިން 1414 އަށް ގުޅައި ދަފުތަރުވުމަށް އެދިފައެވެ.
އެ ކޮމިޝަނުން ބުނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9އިން ރޭގަނޑު 10އަށް، އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3އިން ރޭގަނޑު 10 ޖަހަންދެން 1414 އަށް ގުޅުމުން، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުސަތަށް އެދި ރަޖިސްޓްރީވުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.