ބަޔަކު ދިޔަޔަސް، ދުވަހަކު ވެސް އެމްޑީޕީން ހޮވި މަގާމެއްގައިހުރެ ކޮޅުފައިންޖަހައި ނުދާނަން: އާދަމް ޢާޒިމް

ސަން

15 ޖެނުއަރީ 2026 | ބުރާސްފަތި | 12:03

އަބަދުވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ފަރާތުން ލިބެމުން އައި ލޯތްބާއި އިހުތިރާމު ދަމަަހައްޓައިދޭނަން ކަމަށާއި، ބަޔަކު ދިޔަޔަސް، އެމްޑީޕީން ހޮވައިދިން މަގާމަކަށް ވަޑައިގެން މެންބަރުންގެ ކޮޅުފައިން ނުޖައްސަވާނެ ކަމަށް، މާލޭގެ މޭޔަރު އާދަމް ޢާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި "ދެންވެސް އާދަމް ޢާޒިމް"ގެ ނަމުގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޢާޒިމް ވިދާޅުވީ، އެމްޑީޕީ ފަޚުރުވެރިވާ ފަދަ މަސައްކަތެއް ކޮށްދެވިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މެންބަރުން ދިން ވޯޓުގެ ސަބަބުން ލަދުގަންނަން ޖެހޭ އެއްވެސް ކަމެއް އޭނާގެ ފަރާތުން ނުފެންނާނެ ކަމަށެވެ.

"މިހާތަނަށް ބައެއް ބޭބޭފުޅުންނަށް ތިބޭފުޅުން ވޯޓުލުމުގެ ސަބަބުން ބޮޑެތި މަގާމުތަކަށް އައިސް ތިބޭފުޅުން ލަދުގަންނަވާލާ ތިބޭފުޅުންގެ ވެރިކަން ވައްޓާލާ ތިބޭފުޅުން މަގުމަތިކޮށްލާފަ ވަނީ، އަޅުގަނޑެއް އިރާދަކުރެއްވިއްޔާ އެ މީހަކަށް ދުވަހަކުވެސް ނުވާނަން،" މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އޭނާ އާ ވާދަކުރައްވާ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމަށް ދެއްވި ރައްދެއްގައި އާދަމް ޢާޒިމް ވިދާޅުވިއެވެ.

މައުޟޫޢުތަށް