"އޮކްޓޯބަރުގެ ނިޔަލަށް މާލެ އާއި ވިލިމާލެ ދެމެދު ސެގްމަންޓުތައް ގުޅުވޭނެ، އަހަރު ނިމޭއިރު ދަތުރުކުރެވޭނެ"

ސަން

15 ޖެނުއަރީ 2026 | ބުރާސްފަތި | 10:35

ތިލަމާލެ ބްރިޖުގެ 68 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، މާލެއާއި ވިލިމާލެއާ ދެމެދު ބްރިޖުގެ ސެގްމަންޓުތައް އޮކްޓޯބަރުގެ ނިޔަލަށް ނިންމައިލެވޭނެކަމަށް ލަފައިކުރެވޭކަމަށް ބްރިޖުގެ މަސައްކަތްކުރަމުން އަންނަ އެފްކޮންސްއިން ބުނެފިއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން "ސަން"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު އެސްއެމް ވިސްވަމުރްތީ ވިދާޅުވީ މިހާރުކުރަމުން އަންނަ މައިގަނޑު މަސައްކަތަކީ މާލެއާއި ވިލިމާލެއާ ދެމެދު ބްރިޖުގެ ސެގްމަންޓުތައް އެތުރުމުގެ މަސައްކަތްކަމަށެވެ.

"މައިގަނޑު މަސައްކަތަކީ ސެގްމަންޓް ޑައިރެކްޝަން. މިއީ ވަރަށް ނާޒުކު މަސައްކަތެއް. އަޅުގަނޑުމެން މި ބަލަނީ އޮކްޓޯބަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް މާލެއާއި ވިލިމާލެ ގުޅުވައިލުމުގެ ސެގްމަންޓް މަސައްކަތް،" ވިސްވަމުރްތީ ވިދާޅުވިއެވެ.

މައުޟޫޢުތަށް